logo
banner image

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް މެނޭޖްކުރުމުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި ސޮއިކޮށްފި

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ކުޅިވަރު ޕްރޮޖެކްޓްތަކުގެ މެނޭޖްމަންޓް ކޮންސަލްޓެންސީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލް.އޯ.ސީ)ގެ ދަށުން ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ގާއިމްކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ކުރިއަށް އެބައޮތެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ފޯރުކޮށްދޭ 40 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓަކީ 2021 ވަނަ އަހަރު ފަށަން ނިންމާފައި އޮތް ޕްރޮޖެކްޓެކެވެ. ނަމަވެސް ހުއްޓިފައި އޮތް މަސައްކަތް ފަށްޓަވައި މި ޕްރޮޖެކްޓުގައި ހިމެނޭ ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފަ އެވެ.

މިގޮތުން މި ޕްރޮޖެކްޓްގެ މެނޭޖްމަންޓް ކޮންސަލްޓެންސީ އެއްބަސްވުމުގައި ކޮލާޖް ޑިޒައިން ޕްރައިވެޓް ލިމިޓެޑާއިއެކުވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ. އަދި ކޮލާޖް ޑިޒައިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޖޭޝީލް ކަމާލް ޕަޓޭލް އެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލް.އޯ.ސީ)ގެ ދަށުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގިނަ ވަސީލަތްތައް ތަރައްގީކުރާނެ އެވެ. އޭގެ ތެރޭގައި ޓްރެކް ދަނޑުތަކާއި، ފުޓްބޯޅަ ދަނޑުތައްވެސް ހިމެނެ އެވެ.