logo
banner image
ތަޢުލީމީ ވުޒާރާ

އޮޅުވެލިފުށީ ސްކޫލުގައި 10 ކްލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކޮށްފި

އޮޅުވެލިފުށީ ސްކޫލުގައި 10 ކްލާސްރޫމް ހިމެނޭ 2 ބުރީގެ ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ޙަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށް، 10,496,362.12ރ އަށް، ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކޮންޓްރެޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަހުމަދު މުހައްމަދެވެ. އަދި ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ސަދީމް އިބްރާހީމެވެ.