ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 5 ބުރީގެ ޢިމާރާތެއް ބިނާކުރުމަށް ކޮންޓްރެކްޓަރާ ޙަވާލުކޮށްފި
ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 5 ބުރީގެ ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ޙަވާލުކުރީ 420 ދުވަސް ތެރޭގައި ނިންމާގޮތަށް، 35,999,991.2ރ އަށް، ޓިކް ޓެކް އިންވެސްޓްމެންޓާ އެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަޙުމަދު މުޙައްމަދެވެ. އަދި ޓިކް ޓެކް އިންވެސްޓްމެންޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުކންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އިސްމާއިލް ޒަހުރާން ޒުބައިރުއެވެ.
މި ޢިމާރާތް ނިމުމާއެކު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެއެވެ.
