ޗިކުންގުންޔާ އާއި ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް
ރާއްޖޭގައި ޗިކުންގުންޔާ އާއި ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޚަލީލް ވިދާޅުވީ ރާއްޖޭގައި ޗިކުންގުންޔާ އާއި ޑެންގީ ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ އިދާރާތަކާ ހޮސްޕިޓަލްތައް ހިމެނޭގޮތުން މިނިސްޓްރީން އިސްނަގައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިކަމަށް ހާއްސަ ސްޓީއަރިންގ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށާ، މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ފޮގް ކުރުމުގެ މަސައކަތްތައް މިކޮމެޓީން ފަށާފައިވާ ކަމަށެވެ.
11 މެއި 2024 ގެ ނިޔަލަށް ޑެންގީގެ 704 ކޭސް ރެކޯޑް ކުރެވިފައިވޭ އަދި ޗިކުންގުންޔާގެ 389 ކޭސް ރިކޯޑް ކުރެވިފައިވެއެވެ.
މިނިސްޓަރ ވިދާޅުވީ ޗިކުންގުންޔާ އާއި ޑެންގީ ހުން ފެތުރުން ކޮންޓްރޯލްކުރުމަށް ފަރުދީ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ދިރިއުޅޭ ގޯތި ތެރެ ސާފުކޮށް ބެލެހެއްޓުން މުހިންމު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވަނީ މިބަލިތައް ކޮންޓްރޯލް ކުރުމަށް ފަރުދީފެންވަރުގައި މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.
