ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ފީސިބިލިޓީ ސްޓަޑީ ހަދަން ހަވާލުކޮށްފި
ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލާގުޅޭ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ފީސިބިލިޓީ ސްޓަޑީ އަދި ދިރާސާތައް ހެދުމަށް ޙަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރާއެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. އަދި، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޒިންއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް ދާނީ، ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ދިރާސާތައް ހެދުމެވެ.
އަލަށް އަޅާހޮސްޕިޓަލުން ލިބެންހުންނަ ޚިދުމަތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރެވޭނެއެވެ. އަދި ބޮޑެތި ފާރުގަނޑުތައް ފަސޭހަކުރުމަށްދޭ ޚާއްސަ ފަރުވާއާއި ފީނައިގެން ޑީކޯވާ މީހުންނަށް ދޭ ފަރުވާއާއި އަދި އިތުރު ބޮޑެތި ސްޕެޝަލައިޒް ފަރުވާތައް އެ ހޮސްޕިޓަލުން ދޭނެއެވެ.
ތިމާވެއްޓާއި ރައްޓެހިގޮތަކަށް ހަދަން ނިންމާފައިވާ މި ހޮސްޕިޓަލް ގެ ޑިޒައިނާއި ބޭނުންކުރާ އިކުއިޕްމަންޓްވެސް ތަފާތުވާނެއެވެ.
