ހުރިހައި ޙާޖީންގެ ހާލު ރަނގަޅު: ޙައްޖު މިޝަން
ޙައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި މި އަހަރު ރާއްޖޭން ސުޢޫދީ ޢަރަބިއްޔާއަށް ދާން ހަމަޖެހިފައިވާ 1000 ޙައްޖާޖީން މިހާރު ވަނީ މައްކާއަށް ގޮސްފައެވެ. މި ހުރިހައި ޙައްޖުވެރީންގެ ހާލު ވެސް ރަނގަޅުކަމަށް ޙައްޖު މިޝަނުން ވިދާޅުވެއެވެ.
ހަތަރު ފްލައިޓެއްގައި ޙައްޖާޖީން މައްކާއަށް ގޮސްފައިވާ އިރު، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރީންނަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ވާތީ، ޙައްޖުވެރީންގެ ދަތުރަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިފައެވެ. ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރީން ހޭދަކުރާން ޖެހުނު ވަގުތު، ވަރަށް ބޮޑަށް ކުޑަވުމުގެ ސަބަބުން މި ކަމުގެ ހިތްހަމަޖެހުން ޙައްޖުވެރީން ވަނީ ފާހަގަކުރައްވައިފައެވެ.
ޙައްޖުވެރީން މަޝާޢިރުތަކަށް ދިއުމުގެ ކުރީން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާ އިރު، ޙައްޖުވެރީންނާ ގުޅޭ ކަންކަން ސަޢުދީ ސަރުކާރާ ގުޅިގެން ދިވެހި ޙައްޖު މިޝަނުން އަންނަނީ ކުރަމުންނެވެ.
މި އަހަރުގެ ޢަރަފާތު ދުވަހަކީ ޖޫން މަހުގެ ފަސްވަނަ ދުވަހެވެ.
