މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތާއާ ބެހޭވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ އިދާރާތަކުގެ މުވައްޒަފުން ފަލަސްތީނަށް ފައިސާ ހަދިޔާ ކޮއްފި
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތާއާ ބެހޭވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ އިދާރާތަކުގެ މުވައްޒަފުންގެ ފަރާތުން "ފަލަސްތީނާއެކު ދިވެހިން" މި ނަމުގައި ޕީ.އެސް.އެމް އިން ކުރިއަށް ގެންދިޔަ ޓެލެތޯނަށް 112،443.24 ފައިސާ ހަދިޔާ ކޮއްފިއެވެ.
މިޕްރޮގްރާމްއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން މިއަދު ހެނދުނު 8:00 ގައި އިފްތިތާހުކުރެއްވި ޕްރޮގްރާމްއެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ ފަލަސްތީނުގެ ހާލުގަޖެހިފައިވާ ނިކަމެތި ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ހާމަކޮއް، އެރައްޔިތުންނަށް އެހީވެދިނުމެވެ.
