logo
banner image

ފަސް މިލިއަންގަސް އިންދުމުގެ ޕްރޮގްރާމް ފެށުން

1973 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ޖޫންމަހެއްގެ 5 ވަނަ ދުވަހަކީދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަދުވަހެވެ. މިދުވަހާ ގުޅިގެން ރަޢީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި ފަރސްޓްލޭޑީ ފާތިމަތު ސާޖިދާ ވަނީ 5 މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓް ލޮނުޒިޔާރަތްޕާކުގައި އިފްތިތާޙްކޮށްދެއްވާފައެވެ. މިނިސްޓްރީ އޮފް އެންވައިރޮންމަންޓް އެންޑް ކްލައިމެޓް ޗޭންޖްއިން އިންތިޒާމްކޮށްފައިވާ މި ރަސްމިއްޔާތުގައި ރަޢީސްއާއިއެކު , ރަޢީސުލްޖުމްހޫރިޔާގެ ނައިބު, ރައްޔިތުން މަޖިލިހުގެ ރަޢީސް, ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާ ސްރަކްޗަރވެސް ވަނީ ޕްރޮގްރާމްގައި ބަވެރިވެވަޑައިގެން ހިތިގަހެއް އިންދަވާފައެވެ. ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރަޢީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ "ކޮޕް28"ގައެވެ. މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި ނެތެމުންދާ 90 ބާވަތެއްގެ ގަސް ލިސްޓްކުރެވި މާލެއާއި , އަތޮޅުތަކުގަޔާއި ރިސޯޓްތަކުގައި މި ޕްރޮގްރާމްކުރިޔަށް ގެންދެވޭނެއެވެ.

ހަމަމިއާއެކު ތިމާވެށީގެ ދުވަހާގުޅިގެން ތިލަމާލެ ބްރިޖު މަޝްރޫޢުގެ ކޮންޓްރެކްޓަރ އެފްކޮންސްއިން އިންތިޒާމްކޮށްގެވަނީ މުޅި ވިލިނގިލި ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ ޙަސަން ވިސާލްއެވެ. ވިލިގިނލި ސާފުކުރުމުގެ ހަފްލާގައި ޑެޕިއުޓީ މިނިސްޓަރާއިއެކު ކޮންޓްރެކްޓަރ އެފްކޮންސްގެ ސްޓާފުންނާއި , ޕްރޮޖެކްޓް ކޮންސަލްޓަންޓުންނާއި މިނިސްޓްރީގެ ޓެކްނިކަލްޓީމުންވަނީ ބައިވެރިވެވަޑައިގަންފައެވެ.