logo
banner image

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުގެ ދަށުން ރާއްޖޭ 16 އަތޮޅެއްގައި އަލަަށް ޕަބްލިކް ވާރކްސް ސައިޓް ގާއިމްކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ރާއްޖޭގެ 15 އަތޮޅެއްގައި މުޅިން އަލަށް ޕަބްލިކް ވާރކްސް ސައިޓް ގާއިމްކުރުމަށް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއިބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން އިފްތިތާޙު ކޮށްދެއްވުމަށް ސްޓެލްކޯ މާލަމްގައި ވުޒާރާގެ ފަރާތުން މިޔަދު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ޕަބްލިކްވާރކްސްގެ ކުރިމަގަށް އަޅުގަަނޑުމެންނަށް މިހާތަނަށް ދެއްވާފައި ހުރި މަޢުލޫމާތަށް ބަލައި އިރު އަޅުގަނޑުމެންނަށް ޔަޤީންކުރެވޭ ކަމަކީ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ބަޖެޓްގައި ރާއްޖޭގެ އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވާރކުސްގެ ޚިދުމަތް ލިބޭނެކަން ކަށަވަރުކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ދެއްވާފައިވާ އިރުޝާދެއް" މިނިސްޓަރ ވިދާޅުވިއެވެ.