logo
banner image

ސްޓޫޑަންޓް ލޯނަށް ހުށައެޅު ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރަން ނިންމައިފި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލިކުރުމަށް ލޯނަށް ހުށަހަޅާފައިވާ، ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ، "އަހާ" ގެ ނަމުގައި ބާއްވާ ބަޕްލިކް ފޯރަމްގައި ވަނީ ވިދާޅުވެފައެވެ. ސްޓޫޑަންޓް ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ފުރުތަމަ ހުޅުވައިލެވުނީ 29 ފެބްރުއަރީ 2024 އިން ފެށިގެން 25 އޭޕްރިލް 2024 އާއި ހަމައަށެވެ. މީގެ އިތުރުން، ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމައްޓަކައި ލޯނަށް ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ 2 މެއި 2024 ވާ ބުރާސްފަތި ދުވަހަށް އިތުރުކުރެވިފައެވެ.

މި ލޯނު ސްކީމްގެ ދަށުން ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ލެވަލްއަށް ކިޔެވުމަށް އެދި ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލެވުނެވެ. ކިޔެވޭނެ ދާއިރާ ތަކުގެ ތެރޭގައި އޭވިއޭޝަން، އިންޖީނިއަރިން، އާރޓް އެންޑް ހިއުމަނިޓީސް، އެގްރިކަލްޗަރ، ވެޓެރިނަރީ ފަދަ އެތައް ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، މި ސްކީމަގައި ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ޚާއްސަކޮށް ސްލޮޓްތަކެއް ވެސް ކަނޑައަޅާފައިވެއެވެ.