logo
banner image
ދިފާޢީ ވުޒާރާ

މޮންޓާނާ ނެޝަނަލް ގާރޑްގެ އެޖުޓަންޓް ޖެނެރަލް ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

‏އެމެރިކާގެ މޮންޓާނާ ނެޝަނަލް ގާރޑްގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޖޯން ޕީޓަރ ރޮނެކް II، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދެ ފަރާތް ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، ކަމާ ގުޅުން ހުރި ދާއިރާތަކުން ދެ ފަރާތް ގުޅިގެން އިތުރު އެއްބާރުލުން ދިނުމާ ގުޅޭ ގޮތުންނެވެ.