ފްރާންސުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ފްރާންސް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖޮން ފްރާންސުވަ ޕެކްޓެޓް،
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ސަރަޙައްދީ ރައްކާތެރިކަމާއި، ދިފާޢީ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން ދިނުމާއި، އެއްބާރުލުން ދެވޭނެ އިތުރު ދާއިރާތައް ދެނެގަތުމާ ގުޅޭ ގޮތުންނެވެ.
