logo
banner image
ދިފާޢީ ވުޒާރާ

ތުރްކިޔޭގެ ނޭވީ ޝިޕް "ކިނަލިއާޑާ"ގެ ކޮމާންޑިންގ އޮފިސަރ، ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖެއަށް ޒިޔާރަތްކުރަމުންދާ ތުރްކިޔޭގެ ނޭވީ ޝިޕް "ޓީ. ސީ. ޖީ ކިނަލިއާޑާ"ގެ ކޮމާންޑިން އޮފިސަރ، ކޮމާންޑަރ ސަރްކަން ޑޮގާން، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ތުރްކިޔޭއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުންތައް ފާހަގަކުރެއްވިއެވެ.

އަދި، ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް ތުރްކިޔޭ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހިތެރިކަމާއި އެއްބާރުލެއްވުންވެސް ދިފާޢީ ވަޒީރު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.