ބ. އޭދަފުށީގައި 100 ހައުސިންގ ޔުނިޓު ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ފަހުމުނާމާގައި ސޮއިކޮށްފި
ބ. އޭދަފުށީގައި 100 ހައުސިންގ ޔުނިޓު ޢިމާރާތްކުރުމުގެ މަޝްރޫޢުގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ.
އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގައި މިއަދު ބޭއްވި ހަފްލާގައި މި ފަހުމުނާމާގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި ޑިވެލޮޕަރ / ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ ސައިނޯހައިޑްރޯގެ ކަންޓްރީ މެނޭޖަރ ޕޭން ގުއާންޒޫއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޓެކްނިކަލް އަދި ފައިނޭންޝިއަލް ޕްރޮޕޯސަލް ތައްޔާރުކުރުން ހިމެނެއެވެ.
ބ. އޭދަފުއްޓަކީ ބ. އަތޮޅުގެ ވެރިކަންކުރާ އަދި އެންމެ އާބާދީ ބޮޑު ރަށެވެ. މި ރަށުގައި ގެދޮރުގެ ދަތިކަން އޮވެއެވެ.
