ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި
ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވައިފިއެވެ.
ފުވައްމުލަކު ސިޓީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ސީއީއޯ ޢަބްދުﷲ ޒިޔާދު އަދި ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާޢިލް ރަފީޤްއެވެ.
