އިހަވަންދޫ މަގުހެދުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި
ހއ. އިހަވަންދޫ މަގުހެދުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ. ހއ. އިހަވަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެރަށުގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު އަދި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސަބާހް އެވެ.
