logo
banner image

ސަޢުދީ އިސްލާމިކް އެފެއާޒްގެ ވަފުދެއް ރާއްޖެ ވަޑައިގެންފި!

ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ، ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދާ އިލްމީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެތަނުން ވަޑައިގެންނެވި ވަފުދާ ބައްދަލުކުރައްވައިފައެވެ. މުސްތަޤުބަލުގައި ދެ ވުޒާރާ ގުޅިގެން ގިނަ ކަންތައްތަކެއް މި ދާއިރާއިން ކުރިއަށްގެންދިއުމަށް މިބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ. މިވުޒާރާގެ މަސައްކަތްތަކާގުޅޭ މައްސޫލިއްޔަތުތައް ވަނީ އެ ވަފުދާއި ބައްދަލުކުރައްވައިފައެވެ.