logo
banner image

ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން އަޙްލުއްސުންނަތި ވަލް ޖަމާޢާތުގެ އަޤީދާއާއި ބެހޭ ވޯރކްޝޮޕެއް ބާއްވައިފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން އަޙްލުއްސުންނަތި ވަލް ޖަމާޢާތުގެ އަޤީދާއާއި ބެހޭ ވޯރކްޝޮޕެއް ބާއްވައިފިއެވެ. 20-21 މެއި 2024، ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ވޯކްޝޮޕްގައި 117 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށް ގެންދެވުނު މި ވޯކްޝޮޕްގައި ސަޢުދީ ޢަރަބިއްޔާގެ 2 މުދައްރިސަކު ވަނީ ކިޔަވައި ދެއްވައިފައެވެ.

ކާމިޔާބުކަމާއި އެކު ބޭއްވުނު މި ވޯކްޝޮޕަށްފަހު، ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް އޮތްތަނުގައިވެސް މިފަދަ ގިނަ ވޯކްޝޮޕްތަކާއި ތަމްރީން ޕްރޮގްރާމްތައް ބާއްވާނެއެވެ. 7 މީހުންގެ ވަފުދެއް މި ވޯކްޝޮޕް ހިންގުމަށް ރާއްޖެ ވަޑައިގަނެފައިވާއިރު، މި ވުޒާރާގެ މަސައްކަތްތަކާއި މައްސޫލިއްޔަތުތައް ވަނީ ހިއްސާ ކުރެވިފައެވެ.