logo
banner image
މާލީ ވުޒާރާ

ދައުލަތުގެ އިދާރާތަކަށް އަމާޒުކޮށްގެން މާލިއްޔަތު ގަވާއިދަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންގޮސްފި

ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުުރުމަށް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ މިއަހަރުގެ ފުރަތަމަ ބެޗް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 4 އަދި 5 ގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދު އިސްލާހު ކުރިފަހުން ކުރިއަށް ގެންދެވުނު ފުރަތަމަ ޕްރޮގްރާމް ކަމަށް ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން މައުލޫމާތު ދެއްވައެވެ.

ގައުމީ ޔުނިވާރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ދައުލަތުގެ 44 އިދާރާއަކުން 223 ފަރާތަކުންވަނީ ބައިވެރިވެ ސެޓުފިކެޓް ހާސިލް ކޮށްފައެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓުފިކެޓު ހަވާލުކޮށްދެއްވާފައިވަނީ ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކޮއްދެއްވީ އެކައުންޓެންޓް ޖެނެރަލް މުހައްމަދު އާޒާދާއި، ޑެޕިއުޓީ މިނިސްޓަރ އަހުމަދު އައިމަނާއި ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަނަސް އާއި ޑެޕިއުޓީ މިނިސްޓަރ އަހުމަދު އަޖުވަދާއި ޑެޕިއުޓީ މިނިސްޓަރ އައިޝަތު އުމައިމާގެ އިތުރުން ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރ އައިޝަތު ރިއުޝާނާއެވެ.