"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުމުގެ މަޝްރޫއު" އަދި "ހެލްތު ސެކްޓާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އަށް ދިވެހި ސަރުކާރާއި ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާ ދެމެދު ލޯން އެއްބަސްވުމުގައި ސޮއި ކޮށްފި
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފުޅާކުރުމުގެ މަޝްރޫއު" އަދި "ހެލްތު ސެކްޓާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އަށް ދިވެހި ސަރުކާރާއި ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާ ދެމެދު ލޯން އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
ދިވެހި ސަރުކާރާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން މި މަޝްރޫޢުތަކުގެ ފައިނޭންސިންގ އެގްރީމަންޓްތަކުގައި ސޮއިކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ޕްރޮޖެކްޓް (އިތުރު ލޯނު)" އަދި "ހެލްތް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ޖުމްލަ 375،000،000 (ސަޢޫދީ ރިޔާލް، ތިންސަތޭކަ ހަތްދިހަ ފަސް މިލިއަން) އަދި އެސްއޭއާރް 187،500،000 (ސަޢޫދީ ރިޔަލް، އެއްސަތޭކަ އަށްޑިހަ ހަތް މިލިއަން، ފަސްލައްކަ ހާސް) އެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ފިނޭންސް މިނިސްޓްރީގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ ޑރ.މުޙައްމަދު ޝަފީޤް އެވެ. އަދި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ސުލްޠާން ޢަބްދުއްރަޙްމާން އަލްމާޝަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހި ސަރުކާރާއި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓާ ދެމެދު 1978 ވަނަ އަހަރު އެއަރޕޯޓް އަޕްގްރޭޑް ކުރުމަށް މިފަދަ ކޮންސެޝަނަލް ލޯން ފައިނޭންސިންގގައި ސޮއިކުރުމާއެކު، އެއަރޕޯޓް އަޕްގްރޭޑް ކުރުމަށް ޓަކައި އެސް.އެފް.ޑީ. ބޯހިޔާވަހިކަމާއި، ޞިއްޙީ ޚިދުމަތާއި، މަސްވެރިކަމާއި، ވިޔަފާރީގެ އަދި ޢާންމު ޢުމްރާނީ ވަސީލަތްތައް ފަދަ ދާއިރާތަކުން މުހިންމު ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރިލީފް، ރިކަވަރީ އެންޑް ރީކޮންސްޓްރަކްޝަން މަސައްކަތަށް އެސްއެފްޑީން ވެދިން ދީލަތި އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ އިނީޝިއަލް ލޯނުގައި އެސްއެފްޑީ އާއި ދިވެހި ސަރުކާރުން ސޮއިކުރީ 2016 ވަނަ އަހަރު އެވެ.
މި ވިޝަންރީ ވީއައިއޭ ޕްރޮޖެކްޓްގެ ސަބަބުން މުޅި ރާއްޖެއަށް އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ އެވެ. މި ލޯނު މެދުވެރިކޮށް ލިބޭ ފައިނޭންސިންގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމޭނެ ތާރީޚެއް ކަނޑައެޅިފައިވާ ތާރީހަށް އެ އެއާޕޯޓުގެ މަސައްކަތް ފަސޭހަކަމާއެކު ނިންމާލެވޭނެ އެވެ.
ވީއައިއޭ ފުޅާކުރުމުގެ ސަބަބުން އިތުރު އެއާލައިންތަކަށް ހިދުމަތް ދިނުމުގެ މަގު ފަހިކޮށްދީ، އިތުރު އިންބައުންޑް ޓޫރިސްޓުންނަށް ޖާގަ ދިނުމުގެ ގާބިލްކަން އިތުރުވެގެންދާނެ އެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ހޮސްޕިޓާލިޓީ، ރީޓެއިލް އަދި ޓްރާންސްޕޯޓް ފަދަ ގުޅުންހުރި ސިނާއަތްތަކަށް ހިތްވަރު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދުގެ ޖީ.ޑީ.ޕީ.ގައި ޙިއްޞާކުރާ މައިގަނޑު ސިނާޢަތެއްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
މީގެ އިތުރުން ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމާޒަކީ، އެންމެ ރަނގަޅު ވަސީލަތްތަކާއި ޓެކްނޮލޮޖީބޭނުންކޮށްގެން ވަޞީލަތްތައް ތަރައްޤީކޮށް، ހަރުދަނާ، ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދީ، ޞިއްޙީ ޚިދްމަތްތައް ކުރިއެރުވުމެވެ. މީގެ އިތުރުން ބަލި މީހުންނާއި އާއިލާތަކަށް އިރުޝާދާއި ކައުންސެލިންގެ ޒަރިއްޔާއިން އިޖުތިމާއީ ހޭލުންތެރިކަން އިތުރުވެގެންދާނެ އެވެ. އަދި ތިން ރަށެއްގައި ތިން ހޮސްޕިޓަލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
