logo
banner image
ޞިއްޙީ ވުޒާރާ

ނަފްސާނީ އިޖްތިމާއީ އެހީތެރިކަމުގެ ހެލްޕްލައިން 1677 އިފްތިތާޙްކޮށްފި

ނަފްސާނީ އިޖްތިމާއީ އެހީތެރިކަމުގެ ހެލްޕްލައިން 1677 މިއަދު އިފްތިތާހްކޮށްފިއެވެ.

މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ހެލްޕްލައިން އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އަބުދުﷲ ރާފިއު އެވެ.

ނަފްސާނީ އިޖްތިމާޢީ އެހީތެރިކަމުގައި ގުޅާނެ ޚާއްޞަ ހެލްޕްލައިން ނަންބަރަކީ 1677 އެވެ. މިއީ ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭގޮތަށް އިފްތިތާޙްކުރެވުނު ނަމްބަރެކެވެ. މި ހެލްޕްލައިންގެ މަޤުސަދަކީ، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހިތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުން އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޯށްދީ ނަފްސާނީ ގޮތުން އުންދަގޫ ޙާލަތްތަކާއި އިހްސާސްތައް ކުރިމަތިވާ ދަނޑިވަޅެއްގައި އެފަރާތްތަކަށް ސައިކޯ ސޯޝަލް ސަޕޯޓްގެ އެހީތެރިކަން ފޯރުކޮށްދީ ވާހަކަތައް ޙިއްސާކުރެވޭނެފަދަ މާޙައުލެއް ޤާއިމްކުރުން.

މިއަދު އިފްތިތާޙް ކުރެވުނު މި ހެލްޕްލައިނުން ނަފްސާނީ ފުރަތަމަ އެހީތެރިކަން ހުރިހާ އުމުރަކަށްވެސް ފޯރުކޯށްދެވޭނެއެވެ. އަދި ނަފްސާނީ ފުރަތަމަ އެހީގެ އިތުރުން އެފަދަ މައްސަލަ ޙައްލުކުރުމުގައި އެހީތެރިވުމާއި، މައުލޫމާތު ފޯރުކޮށްދިނުމާއި ގުޅުންހުރި ޚިދުމަތްތަކަށް ހެދިފައިވާ އުޞުލުތަކުގެ ތެރެއިން ރެފަރަލް ހަދައިދެވޭނެއެވެ.

ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިނެއް އިފްތިތާޙްކުރުމަކީ ރައީސުލްޖުމުހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ހަފްތާ14 ގެ ވަޢުދެކެވެ.